ޚަބަރު

އޮންލައިންކޮށް ފޯމެއް ފުރުމުން ބޭސް ސިޓީއަށް ބޭސް ނެގޭނެ އިންތިޒާމު އެސްޓީއޯއިން ހަމަޖައްސައިފި

އައިދާ އަބްދުލް ހަކީމް

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުން އޮންލައިންކޮށް ފޯމެއް ފުރުމުން ބޭހަށް އޯޑަރު ކުރެވޭނެ އިންތިޒާމު އެސްޓީއޯއިން ހަމަޖައްސައިފި އެވެ.

އެސްޓީއޯ އިން ބުނީ ވައިބާ އިން މިހާތަނަށް ބޭސް ސިޓީ ފޮނުވައި އޯޑަރު ދީފައިވާ މީހުން އަލުން އެފޯމް ފުރަން ނުޖެހޭނެ ކަމަށެވެ. އަދި ފުލުހުން ދޭ ހުއްދަ އޮތް މީހުންނަށް އޯޑަރު ތައްޔާރުވުމުން ބޭސް ބަލައި ދެވޭނެ ކަމަށެވެ.

ބޭސް ނެގުމަށް https://sto.mv/Online/Prescriptions މި ލިންކުގައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް އެސްޓީއޯ އިން ވަނީ އެދިފައެވެ.

ކޮވިޑް 19 އާ ގުޅިގެން ލޮކްޑައުން ކޮށްފައިވާތީ ބޭރަށް ދެވެނީ ފުލުހުން ދޭ ހާއްސަ ހުއްދައެއް ލިބުމުންނެވެ. ހުއްދަ ނެތި މަގުމަތީގައި އުޅޭ މީހުން ޖޫރިމަނާކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ.