ބޭރު ގައުމު ތަކަށް ރާއްޖެއިން ސަފީރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި އަށް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އެ ގޮތުން ފޮނުއްވާފައިވާ ނަންފުޅުތައް ތިރީގައި އެވަނީ އެވެ.
1. ބްރަސަލްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް
ހަސަން ސޯބިރު، ގ.ފިޔާތޮށިގެ
2. އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް
އާއިޝަތު މުހައްމަދުދީދީ، ހ.ދޫރިހާ
3. ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް
ޑޮކްޓަރ އަބްދުﷲ މައުސޫމް، ދަފްތަރު ނަންބަރު 4336
4. ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް
އަހުމަދު ލަތީފް، ހ.ސީވީޑް
5. އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް
ޑޮކްޓަރ ފަރަހަނާޒް ފައިސަލް، ހ.އަމީނީގެ
6. އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް
ތިލްމީޛާ ހުސައިން، މ.ނޫހިރި
7. މެލޭޝިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް
ވިސާމް އަލީ، ހ.އާޒާދުވާދީ
8. ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް
އުމަރު އަބްދުއްރައްޒާގު، ހ.ހިކިފިނިފެންމާގެ