ޚަބަރު

"ގައުމީ ވިންދު"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި

އަހުމަދު ޖައިޝަން

"ގައުމީ ވިންދު"ގެ ނަމުގައި މުޅިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.

ގައުމީ ވިންދުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް ހުއްދަ ދީފައިވަނީ ޕީޕީއެމްގެ ކުރީގެ މެމްބަރެއް ކަމަށްވާ މުހައްމަދު ރަމީޒު އަލީ (އޮގަރު ރަމީޒު) އަށެވެ. ސިޔާސީ ޕާޓީއެއް އުފެއްދުމަށް ރަމީޒު ފޯމް ނަގާފައިވަނީ މިދިޔަ މަހުގައެވެ.

އިލެކްޝަނުން ވަނީ މިދިޔަ މަހުގެ 29ގައި "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް"ގެ ނަމުގައި ވެސް އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުގެ ހުއްދަ ދީފައެވެ.