މުހައްމަދު އައުޒަމް
އެޕަލް އިން އެކުންފުނީގެ ގިނަ ހިދުމަތްތަކެއް ރާއްޖެއަށްދީފިއެވެ.
އެޕަލް އިން އިއުލާން ކޮށްފައިވާގޮތުން ރާއްޖެ ހިމެނޭގޮތަށް ދުނިޔޭގެ އެކި ބައްރުތަކުން 20 ގައުމަކަށް އެޕަލްގެ ގިނަ ހިދުމަތްތައް އެކްސްކްލޫސިވްކޮށް މިހާރު ބޭނުން ކުރެވޭނެއެވެ. އެގޮތުން އެޕަލްގެ އެޕްތަކުގެ ތެރެއިން އެޕަލް އާކޭޑް، އެޕަލް މިއުޒިކް އަދި ޕޮޑްކާސްޓްގެ ހިދުމަތުގެ އިތުރުން އެޕަލް އައިކްލައުޑް ގެ ހިދުމަތް ވެސް ވަނީ ދީފައެވެ.
އޭޝިއާ ޕެސިފިކް ސަރަހައްދުން އެޕަލްގެ ހިދުމަތްތައް އަލަށް ދޫކޮށްފައިވަނީ މިޔަންމާގެ އިތުރުން ރާއްޖެއަށެވެ.
އެޕަލްގެ ގިނަ ހިދުމަތްތަކެއް ރާއްޖެއަށް ލިބެން ފެށުމާއެކު ދިވެހި ގިނަ އުފެއްދުންތަކެއް އެޕަލްގެ އެކި ޕްލެޓްފޯމުތަކުން ފެނުމުގެ ފުރުސަތުލިބިގެން ދާނެއެވެ.
އެޕަލް އިން ކުރި އިއުލާންގައި ވާގޮތުން މިފަހަރު އަލަށް ދޫކުރި ގައުމުތަކަށް އެޕަލް މިއުޒިކް 6 މަސްދުވަހަށް ހިލޭ ބޭނުން ކުރެވޭނެއެވެ.