އަމީރު އަހުމަދު މަގުގެ އިސްލާމީ މަރުކަޒު ސަރަހައްދު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވަން ނިންމުމަކީ މައްސަލައެއް ކަމުގައި ދެކިވަޑައިނުގަންނަވާ ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވާ ގޮތުގައި އަމީރު އަހުމަދު މަގުން އިސްލާމީ މަރުކަޒު ސަރަހައްދުގައި ޖަހާފައި ހުރި މާބުލްތައް ނެއްޓުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެމަސައްކަތް ނިންމުމަށްފަހު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހުޅުވާލާނެއެވެ.
އެކަމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ލިބެމުން ދަނިކޮށް ޝެއިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަގު ބަންދު ކުރުމުން ލިބޭ ފައިދާއަށްވުރެ އެމަގު ހުޅުވައިގެން ދަތުރުފަތުރަށާއި އާންމުންނަށް ލިބޭ ފަސޭހަ ބޮޑު ކަމަށެވެ.
މާލޭގެ މަގުތަކުގެ ހާލަތު ބަލައި ހުޅުވައިލަން ޖެހޭ މަގުތައް 90 ދުވަހުގެ ތެރޭގައި އަލުން ހުޅުވައިލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ބުނެފައެވެ.