އަހްމަދު ނިހާން ހުސައިން މަނިކު

އެއްވެސް ސަރުކާރަކުން ގަސްތުގައި ފެން ނުހިންދާ ނުތިބޭނެ: ނިހާން

1

އެއްވެސް ސަރުކާރަކުން ގަސްތުގައި ފެން ނުހިންދައި ނުތިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވީ އޭނާ އިއްޔެ ކުރެއްވި ޓުވީޓެއްގަ އެވެ.

ނިހާން ވިދާޅުވީ ތިރި ޖަޒީރާ ރަށްތަކަށް ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ވަގުތުކޮޅަކަށް ފެން ބޮޑު ވާނެ ކަމަށެވެ. ފުރާނައަށް ނުރައްކާ ނުވާ ނަމަ ކެތްތެރި ކަމާ އެކު ޝަކުވާ ނުކޮށް، މަޑުކޮށްލުމަށް ނިހާންގެ ޓުވީޓުގައި ވަނީ ބާރުއަޅުއްވައިފަ އެވެ.

ބޯކޮށް ވާރޭ ވެހި މި ފަހަކަށް އައިސް މާލޭގައި ފެން ބޮޑުނުވާ ވަރަށް އިއްޔެ ވަނީ ފެން ބޮޑުވެފަ އެވެ. އޭގެ ސަބަބުން ބައެއް ގޭގޭގައި ދިރިނޫޅެވޭ ވަރަށް ހާލަތު ގޯސްވެ އެ ގޭގޭގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ސަރުކާރުން އަންނަނީ ފޯރުކޮށްދެމުންނެވެ.

މާލޭގައި ބޮޑުވި ފެންގަނޑު ކޮންޓްރޯލު ކުރެވުނީ ސިފައިން އެލާޓަށް ގެނެސް، ސިފައިންނާއި ފުލުހުންނާއި މާލޭ ސިޓީ ކައުންސިލާއި މަދަނީ ޖަމިއްޔާތައް އަދި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ރޭ އިރާކޮޅު އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟