ޚަބަރު

މިއަދުވެސް މާލޭ ސަރަހައްދަށް މޫސުން ގޯސްވުން އެކަށީގެންވޭ : މެޓް

އަހުމަދު ޖައިޝަން

މިއަދު މެންދުރު ފަހު މާލޭ ސަރަހައްދުގެ މޫސުން ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން "ވަން އޮންލައިން"އަށް ވިދާޅުވީ މިއަދު މެންދުރު ފަހު މާލޭ ސަރަހައްދަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި މާލޭ ސަރަހައްދު މިއަދު އޮންނާނީ ބަނަކޮށް ކަމަށެވެ.

މާލޭ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ދެކުނުގެ ސަރަހައްދުގެ މޫސުންވެސް އުޅޭނީ އެކަހަލަ ގޮތަކަށް ކަމަށްވީ ނަމަވެސް އުތުރުގެ ސަރަހައްދުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި ރިކޯޑް އަދަދަަކަށް ވާރޭ ވެހި މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އޭގެ ސަބަބުން މާލޭގެ 160 އާއިލާއެއް އެހީއަށް އެދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރޭ ވަނީ ވިދާޅުވެފައެވެ.