ޚަބަރު

އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާ ފޮނުވުމައި ސަމާލުވުމަށް އެދިއްޖެ

އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާ ފޮނުވުމުގައި އިތުރަށް ސަމާލުވުމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެއެވެ.

ކޮވިޑް 19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު ފިހާރަތަކުގެ ޑެލިވަރީއަށް ވަނީ ބަރޯސާވާން ޖެހިފައެވެ. އެގޮތުން ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭ ކަމަށް ބުނެ ގިނަ ފިހާރަތަކާއި ސޯޝަލް މީޑިއާގެ އެކި ޕޭޖުތަކުން ދަނީ ޕޯސްޓުތައް ދަނީ ހިއްސާ ކުރަމުންނެވެ.

ނަމަވެސް އޭގެ ތެރެއިން އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތްކުރާ ޕޭޖުތައް އުޅޭތީ ބީއެމްއެލުން މިއަދު ވަނީ، އަސާސީ ހިދުމަތްތައް ގެއަށް ޑެލިވާ ކޮށްދިނުމުގެ ނަމުގައި ހިންގާ އޮންލައިން ޕޭޖުތަކާއި ސޯޝަލް މީޑިއާގައި ޕޯސްޓުކުރާ ފަރާތްތަކަށް ފައިސާ ފޮނުމުގައި އިތުރަށް ސަމާލުވާން އަންގާ ކަމަށެވެ.

އެގޮތުން ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ހިދުމަތްތަކަށް އޯޑަރު ދިނުމަށް ހަމައެކަނި ލިސްޓުކޮށްފައިވާ ވިޔަފާރިތަކުން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް ބޭންކުން އެދެއެވެ.

މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު މިމަހުގެ 15 ވަނަ ދުވަހު ފެނުމާއެކު މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ. އަދި ހުއްދަ ލިބިގެން ނޫނީ މަގުތަކަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.