ކޮވިޑާއި ގުޅިގެން މާލޭގައި މަގުމަތިވެފައިވާ 80އަށް ވުރެ ގިނަ މީހުންނަށް ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، މާލޭގައި މަގުމަތިވެފައިވާ 80 އަށްވުރެ ގިނަ މީހުން ފުލުހުން އެ މިނިސްޓްރީއާ ހަވާލުކުރުމާ ގުޅިގެން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ މީހުންނަށް ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން މާލެ ލޮކްޑައުން ކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ދެމުން އަންނަ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެއެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލަށް ހުށަހެޅިފައިވާ އެފަދަ 400 އަށްވުރެ ގިނަ މީހުންނަށް އިންތިޒާމުތައް ހަމަޖައްސައިދިނުމަށްޓަކައި ކައުންސިލާއެކު މިނިސްޓްރީން މިހާރު ވިލަރެސް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އަދި އެފަދަ އެހީތެރިކަމަށް ބޭނުންވާ އިތުރު މީހެއްގެ މައުލޫމާތު ލިބިފައިވާނަމަ ޖެންޑާ މިނިސްޓްރީގެ ނަންބަރު 3328393 އަށް ގުޅައި ހިއްސާ ކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.