ޚަބަރު

ސަންލޭންޑް ހިލްމީ ހައްޔަރުކޮށްފި

ސަންލޭންޑް ހޮޓެލްސްގެ އެއް ހިއްސާދާރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމާއި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ހުސައިން ހިލްމީ (ސަންލޭންޑް ހިލްމީ) ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ސަންލޭންޑް ހިލްމީ ހައްޔަރުކުރީ ބައުންސް ޗެކުތަކެއްގެ މައްސަލައިގައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހިލްމީގެ މައްޗަށް ކޯޓުން މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމްގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ކުރިން އެ ފައިސާ ދައްކާ ހަލާސްކުރުމަށް ހުކުމްކުރި ނަމަވެސް، އެ ފައިސާ ނާޒިމަށް ހިލްމީ ދެއްކި ކަމެއް ނޭނގެއެވެ.

ހިލްމީ ހައްޔަރުކުރި މައްސަލައިގައި ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.