ޚަބަރު

ކުރިޔަށް އޮތް ދެތިން ދުވަހު ރާއްޖޭގެ މޫސުން ގޯސް: މެޓް

މުހައްމަދު އައުޒަމް

ކުރިޔަށް އޮތް ދެތިން ދުވަހު ރާއްޖޭގެ މޫސުން ގޯސް ވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖީ ސެންޓަރު، (މެޓް) އޮފީހުން ބުނެފިއެވެ.

ވަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ ކުރިޔަށް އޮތް ދެތިން ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސް ވާނެކަމަށެވެ. ހަފީޒް ވިދާޅުވީ ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ވެސް ފޯކާސްޓް ކުރެވިފައިވާ ކަމަށެވެ.

މެޓުން ބުނީ އާންމުގޮތެއްގައި ވައިގަދަ ނުވިނަމަވެސް ވިލާގަނޑުގައި 35-40 މޭލާ ދެމެދަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. ކަނޑު އާދައިގެ ވަރަކަށް މަޑު ނަމަވެސް ވިލާ ގަނޑުގައި ގަދަވުން އެކަށީގެން ވާ ކަމަށް މެޓުން ބުނެއެވެ.

މޫސުމަށް މިއަންނަ ބަދަލަކީ ދެމޫސުން ބެދޭ ދުވަސްވަރު އާންމުކޮށް އަންނަ ބަދަލެއް ކަމަށް ވެސް ހާފިޒް ވިދާޅުވިއެވެ.