ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިންތީގެ ހަމަހަމަކަން ގެންނެވުމަށް ރައީސް ކުރައްވާ މަސައްކަތަށް ސާބަސް: މާރިޔާ

މިންތީގެ ހަމަހަމަކަން ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ސާބަސް ދަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާއަށް ސާބަސް ދެއްވުމަށް މީހަކު ކުރި ޓުވީޓަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ހުރިހާ ވެސް ޝުކުރެއް ހައްގުވަނީ ރައީސް ސޯލިހަށް ކަމަށެވެ.

މާރިޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފާޑުކިޔުންތަކަކާއެކު ވެސް ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ރައީސް ސޯލިހު ކުރެއްވި އިތުބާރުގެ ސަބަބުން ކަމަށެވެ. އަދި އެ މަގާމުގައި ދެމިހުރުމަށް ރައީސް ދެއްވާ ހިތްވަރު ވެސް މާރިޔާ ފާހަގަކުރެއްވިއެވެ.

"ހުރިހާ ޝުކުރެއް އޮތީ ރައީސް ސޯލިހަށް. ފާޑުކިޔުންތަކާއެކު ވެސް އެމަނިކުފާނު މި މަގާމަށް އަޅުގަނޑު އައްޔަންކުރެއްވީ އެ ކުރެއްވި އިތުބާރު، މި މަސައްކަތުގައި އަޅުގަނޑު ދެމިހުރުމަށް އެ ދެއްވާ ހިތްވަރު. އެމަނިކުފާނު މިންތީގެ ހަމަހަމަކަން ގެންނެވުމަށް އެ ކުރައްވާ މަސައްކަތަށް ސާބަސް ދަންނަވަން،" މާރިޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.