ޚަބަރު

ލޮކްޑައުންގެ ހާލަތުގައި ގެމަނަފުށިން ޑިންގީއެއްގައި ކޮނޑޭއަށް އެރި މީހަކު ހައްޔަރުކޮށްފި

ގއ. ގެމަނަފުށިން ޑިންގީއެއްގައި ކޮނޑޭއަށް އެރި އުމުރުން 60 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެމީހާ ހައްޔަރުކުރީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ގެމަނަފުށީ ކައުންސިލްގެ ހުއްދަ ނެތި ސިއްރުން ޑިންގީއެއްގައި ކޮނޑޭއަށް ގޮސް އެރަށު ކައުންސިލްގެ ހުއްދަ ނެތި ފުއްޓަރު ފަރާތުން ރަށަށް ކައިރިކޮށް ސިއްރުން އެރަށަށް އަރައިގެން އުޅެނިކޮށް ކަމަށެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި ނާޒުކު ދަނޑުވަޅުގައި ހުރިހާ އެންމެން ވެސް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކު ހެލްތުގެ އެންގެމާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.