ޚަބަރު

މިފްކޯ އިން ޑެލިވަރީގެ ހިދުމަތް ދިނުން ހުއްޓާލައިފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން މިފްކޯއިން ދެމުން އައި ޑެލިވަރީގެ ހިދުމަތް ހުއްޓާލައިފި އެވެ.

މިފްކޯއިން ކުރި ޓުވީޓެއްގައި ބުނީ މިހާރު ހާލަތު ހުރިގޮތުން މުވައްޒަފުންނާއި ކަސްޓަމަރުންގެ ސަލާމަތަށް ވިސްނައި ގޭގެއަށް މަސްކޭސް ގެންގޮސްދިނުމުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.

ނަމަވެސް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުން ހުޅުމާލެ އަދި މާފަންނުގެ މިފްކޯ މަސްފިހާރައަށް ދިއުމުން ހިދުމަތް ލިބޭނެ ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި ޖުމުލަ 67 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރެއިން 47 މީހުންނަކީ މާލެ ތެރެއިން ފެނިފައިވާ ކޭސްތަކެވެ. މީގެ ތެރޭގައި ބައެއް ފިހާރަ ތަކުގައި ޑެލިވަރީ ކުރި ބަޔަކުވެސް ހިމެނެއެވެ.