މާލެ ސިޓީއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފެން ހިންދަން ބޭނުންކުރާ ޕަމްޕުތަކެއް އެމްއެންޑީއެފްއަށް ހަދިޔާކޮށްފިއެވެ.
އެލިއާ އިންވެސްޓްމަންޓުގެ ފަރާތުން ހަދިޔާކުރި ޕަމްޕުތަކާ އެމްއެންޑީއެފްގެ ފަރާތުން މިރޭ ހަވާލުވެލެއްވީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ އަލީ ސަލީމެވެ.
އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފައިވަނީ ސަބްމާސިބަލް ފަސް ޕަމްޕާއި އަދި ޑީސެލް ހަތަރު ޕަމްޕެވެ.
އެމްއެންޑީއެފްއަށް ފެން ހިންދުމުގައި ލަސްތަކެއް ކުރިމަތިވަނީ ފެން ހިންދުމަށް ހުރި މެކޭނިކަލް ޕަމްޕުތައް ހަލާކުވެފައި ހުރުމުގެ ސަބަބުންނެވެ. އެމްއެންޑީއެފް އިން މިހާރު ދަނީ 14 ސަރަހައްދެއްގައި ޕަމްޕުތައް ބަހައްޓައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.