އަލީ ޔާމިން
ރާއްޖޭގައި ކޮވިޑް 19 ފެތުރެމުންދާ އިރު ކޮވިޑުން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި އިންޑިއާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް އެގައުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު މޯދީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ފޯނުން ގުޅުއްވައި، ކޮވިޑް 19ގެ ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
މޯދީ ވިދާޅުވީ، އެކުވެރި ގައުމެއްގެ ހައިސިއްޔަތުން އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ. އަދި ކޮވިޑުން ސަލާމަތް ވެވޭނީ ހުރިހާ ގައުމެއް އެކުގައި މަސައްކަތްކޮށްގެން ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
ކޮވިޑް 19ގެ ސަބަބުން ސާކްގެ ގައުމުތަކަށް ވަމުންދާ ގެއްލުންތަކުން އަރައިގަތުމަށް މޯދީގެ އިސްނެންގެވުމުގެ ދަށުން ވަނީ ސާކް އިމަޖެންސީ ފަންޑެއް ވެސް އުފައްދައިފައެވެ. އެ ފަންޑަށް އިންޑިއާއިން ވަނީ 10 މިލިއަން ޑޮލަރު ހަދިޔާކޮށްފައެވެ.