ޚަބަރު

ފެނުގައި ކަރަންޓުގެ އަސަރު ހުރި ކަމުގެ ރިޕޯޓްތައް އެބަ ލިބޭ: ސްޓެލްކޯ

އަހުމަދު ޖައިޝަން

ބޯކޮށް ވާރެ ވެހި މާލޭގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑުތަކުގައި ކަރަންޓުގެ އަސަރު ހުރި ކަމަށް ބުނެ ރިޕޯޓްތަކެއް ހުށަހަޅާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެފަދަ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ. އަދި އެފަދަ ކަމަކަށް ސަމާލު ވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ފެންގަނޑުގައި ކަރަންޓުގެ އަސަރު ހުރި ކަމަށް ބުނެ އެންމެ ފުރަތަމަ އަޑުތައް ފެތުރިފައިވަނީ އައިޖީއެމްއެޗު ސަރަހައްދުންނެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޑިސްޓްރިބިއުޝަން ބޮކްސްތަކަށް އަސަރު ކޮށްގެން ކަރަންޓުގެ އަސަރު ފެނުގައި ޖެހިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މާލެއަށް މިއަދު ކުރި ވިއްސާރައިގައި އާދަޔާ ހިލާފަށް ފެންބޮޑުވެފައިވާއިރު ކުރިއަށް އޮތް އެއް ގަޑިއިރުގެ ތެރޭގައި މަގުތަކުން ފެން ހިންދާލެވޭނެ ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.