ޚަބަރު

ކޮވިޑް 19 ގައި މަރުވާމީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނެގޮތް އެމްއެންޑީއެފާ ހިއްސާކޮށްފި

މަރިޔަމް ޝަހުދާ

ކޮވިޑް 19 ގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިން އެމްއެންޑީއެފާ ހިއްސާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޑް 19 ގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ކިޔައިދީފައިވަނީ އެމްއެންޑީއެފުން ކަނޑައަޅާފައިވާ ވަކި ބަޔަކަށް ކަމަށެވެ.

މި މައުލޫމާތު އެމްއެންޑީއެފުން ކަނޑައަޅާފައިވާ ވަކި ބަޔަކާ ހިއްސާ ކޮށްފައިވަނީ ރާއްޖޭގައި ތިބި ޑޮކްޓަރުންގެ ލަފާގެ މަތީން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް 19އަށް ޖުމުލަ 52 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މާލެއިން ވަނީ 31 ކޭސް ފެނިފައެވެ. އަދި މާލެއިން ހއ. އުލިގަމަށް ދަތުރު ކުރި މީހަކުވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.