އެއްވެސް ހާލެއްގައި ގެއިން ބޭރަށް ގޮސްފި ނަމަ އެނބުރި ގެޔަށް ވަނުމަށްފަހު، ލައިގެން ހުރި ހެދުން ބޭލުމަށްފަހު ވަކީން އެ ހެދުންތައް ބަހައްޓައި، އަތްދޮވެ ފެންވެރުމަށް މިދުވަސްވަރު އިސްކަން ދިނުން މުހިންމު ކަމަށް ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
މަބްރޫކު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ބޭރަށް ދިއުމަށްފަހު ގެއަށް އެނބުރި ވަނުމަށްފަހު، ބޭރަށް ދިޔަ އިރު ލައިގެން ހުރި އެއްޗެހި ވަކިން ދޮންނަން ޖެހޭނެ ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި ގެއަށް ވަނުމަށްފަހު އެންމެ ފުރަތަމަ ކަމަކަށް އަތް ދޮވެ، ފެންވެރުމަށް ސަމާލުކަން ދިނުމަށް މަބުރޫކު އިރުޝާދު ދެއްވިއެވެ.
މަބްރޫކު ވިދާޅުވީ މިހާލަތުގައި އެންމެ ރައްކާތެރީ އެވަރަށް ސަމާލުވުން ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ޖުލްމަ 51 މީހަކު ކޮވިޑް 19 އަށަ ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން 31 ކޭސް އަކީ މާލެއިން ފެނިފައިވާ ކޭސްއެކެވެ.