ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމަށް ބިޑަކާނުލައި ރަށްތައް ދޫ ނުކުރެވޭ ގޮތަށް ހެދުމަށް ޓުއަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ބޭރުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބިލު މަޖިލީހުން ބޭރުކޮށްލާފައި ވަނީ ވޯޓުގައި ބައިވެރިވެރިވި 63 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓުންނެވެ. ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހަޅާފައި ވަނީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއް ނުވަތަ ބިމެއް ޓުއަރިޒަމްގެ ބޭނުމަކަށް ކުއްޔަށް ދިނުމުގައި މިހާރު އޮތް އުސޫލަކީ އޭގެ މަންފާ ދިވެހި ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ނުލިބޭ އުސޫލެއް ކަމަށެވެ.
އަދި މިހާރު އޮތް އުސޫލަކީ ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ކުރުމުގެ ފުރުސަތު އޮތް އުސޫލެއް ކަމަށް ރިފާއު ވިދާޅުވިއެވެ.