ކޮންމެ ވައްތަރެއްގެ އަންގި ލީނަމަވެސް އެ އަންގި ބޭލުމަށްފަހު އަތް ދޮންނަން ޖެހޭނެ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޓުވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ އެބޭފުޅުން އަމަލު ކުރައްވާ ގޮތަކީ އަންގި ލުމުގެ ކުރިންނާއި އަންގި ބޭލުމަށްފަހުވެސް އަތްދޮވުން ކަމަށެވެ.
ސުވާލު ކުރިމީހާ އަހާފައިވަނީ ހޮސްޕިޓަލްގައި އަންގި ލުމަށްފަހު އަތް ދޮންނަން ޖެހޭތޯއެވެ. އެމީހާ ކުރި އެހެން ސުވާލެއްގައި އަހާފައިވަނީ ކަރުދާހުގައި ޖަރާސީމު ކިހާއިރެއްވަންދެން ހުރޭތޯއެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ ކަރުދާހުގައި 24 ގަޑިއިރަށް ކޮރޯނާ ވައިރަސް ހަރުލާފާހުރިކަމަށް ދިރާސާއިން ދައްކާ ކަމަށެވެ.