ޚަބަރު

ދަނޑުވެރިކަން ކުރާ ރަށަކަށް ހޮނު އަޅައިގެން ތިން ބިދޭސީއަކަށް އަނިޔާވެއްޖެ

ދަނޑުވެރިކަން ކުރާ ރަށަކަށް ހޮނު އަޅައިގެން ތިން ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ދ. އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި މިރޭ 11:20 ހާއިރު ދ. އުއްދު ނަމަކަށް ކިޔާ ދަނޑުވެރިކަން ކުރާ ރަށަކަށް ހޮނު އަޅައިގެން ތިން ބިދޭސީއަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި އެ ރަށުގެ މެނޭޖްމަންޓް ނިސްބަތްވާ ކުންފުނީގެ ރިސޯޓެއްގެ ޑޮކްޓަރެއް އެމީހުންނަށް ފަރުވާދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި ވިއްސާރައިގައި ގުގުރާ ހޮނު އެޅުމުގެ ސަބަބުން ދ. ބަނޑިދޫ ޕޮލިސް ސްޓޭޝަނުގައި ބޭނުންކުރާ ބައެއް އިލެކްޓްރޯނިކް ސާމާނުތައް ވެސް ހަލާކުވެފައިވާ ކަމަށެވެ.