މިނިސްޓަރު އަހުމަދު މަޙުލޫފް

ގޭންގުތަކުގެ މައްސަލައިގައި ރަނގަޅު އެއްގޮތެއްވެސް ނެތް: މަހުލޫފް

އަހުމަދު ޖައިޝަން

1

ރާއްޖޭގައި ހިންގާ މާރާމާރީ ހުއްޓުވަން ގޭންގްތަކާ މަޝްވަރާކޮށްގެން އެކަންތައް ހުއްޓުވުމަށް މަސައްކަތް ކުރުވުމަށް އުޅުއްވުމުން އެކަންވެސް ވީ ގޯސް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ގޭންގުތަކުގެ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް އެފަރާތްތަކާ މަޝްވަރާކުރުމަށް އުއްމީދު ކުރައްވާ ކަމަށް މަހްލޫފް ވަނީ އިއްޔެ ޓްވީޓެއްގައި ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ ފަރާތްތަކާ ދެކޮޅަށް ހަނގުރާމައަށް ދާން ބޭނުން ނުވާ ކަމަށާއި އެއްވެސް ޒުވާނަކު އެފަދަ ކަމެއްގައި މަރުވާން ބޭނުން ނުވާ ކަމަށެވެ.

އެ ޓްވީޓާ ގުޅިގެން އާންމުންގެ އެތައް ބައެއްގެ ފާޑުކިޔުން ވަނީ މަހުލޫފަށް ރައްދުވެފައެވެ. ޓްވިޓާގައި މަހްލޫފް ދެއްކެވި ވާހަކައަށް ހިތްހަމަ ނުޖެހިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގިނަ ފަރާތްތަކުން ބުނެފައިވަނީ ގޭންގެއް އުފެއްދުމަކީވެސް ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކާ ވާހަކަ ދައްކާ ނުވަތަ މަޝްވަރާ ކުރުމުގެ ބަދަލުގައި އެމީހުން ޖަލަށްލުން މުހިއްމު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެވެ.

ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނު ބުނާ ގޮތުން ގޭންގެއް އުފެއްދުމާއި ހިންގުމާއި އޭގެ މެމްބަރަކަށް ވުމަކީ ވެސް ކުށެކެވެ.

ގޭންގުތަކުގެ ފަރާތްތަކާ މަޝްވަރާކުރުމާ ގުޅޭގޮތުން އާންމުންގެ ފަރާތުން ލިބުނު ޖަވާބުތަކާ ގުޅިގެން މަހްލޫފް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

"ކެމްޕެއިންގެ ތެރޭގައި ރާއްޖޭގައި ގޭންގް ނޫޅޭ ކަމަށް ޔާމީން ވިދާޅުވީމާވެސް ގޯސް. އުމަރު ޓެގް އެޅުވީމަވެސް ގޯސް. މަސްއޮޑިއަށް އެސްއޯ ވަދެ އެތަން ފުނޑުފުނޑުކޮށްލާ ތަޅާލީމަވެސް ގޯސް. ގޭންގް ހަޓްތައް ނެގީމަވެސް ގޯސް. ވާހަކަ ދައްކައިގެން ގޮތެއް ފެނޭތޯ މަސައްކަތް ކުރީމަވެސް ގޯސް،" އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟