ކޮވިޑް 19 އާއި ގުޅިގެން، ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާގީ މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ތިބި ބަލިމީހުން ވެންޓިލޭޓަރުން ނައްޓަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ތިބި ބަލިމީހުން ވެންޓިލޭޓަރުން ނައްޓާލައި، ޓްރެކިއޯސްޓޮމީ ހެދުމަށް ހޮސްޕިޓަލުން އެދެމުންދާ ކަމަށް ބުނެ ބަޔަކު ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"ނަމަވެސް ދިގު މުއްދަތަކަށް ވެންޓިލޭޓާގެ އެހީ ބޭނުންވާ ބަލިމީހުންގެ ޓްރެކިއޯސްޓޮމީ ހެދުމަކީ އަބަދުވެސް ކުރާކަމެއް." އައިޖީއެމްއެޗުން ބުނެފައިވެއެވެ.
މިފަދަ ނާޒުކު ވަގުތެއްގައި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.