މާލޭ ވޯޓާ އެންޑް ސެވަރޭޖު ކޮމެޕްނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ފޯރުކޮށްދޭ ސަޕްލައި ފެން ނުވަތަ އިސްކުރު ފެނަކީ ބުއިމަށް ރައްކާތެރި ފެނެއް ކަމަށް އެކުންފުނިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ކުރި ޓުވީޓެއްގައި ބުނީ އެކުންފުނިން ގޭގޭގެ ފެން މީޓަރާ ހަމައަށް ފޯރުކޮށްދޭ ސަޕްލައި ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އަދި އެންވަޔަރަމެންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ މިންގަނޑުތަކަށް ފެތޭ ބުއިމަށް ރައްކާތެރި ފެނެއް ކަމަށެވެ.
"ކޮންމެ ދުވަހު އަޅުގަނޑުމެންގެ އައިއެސްއޯ 17025 އެކްރެޑިޓެޓް ލެބޯޓަރީގައި އަޅުގަނޑުމެން ފޯރުކޮށްދޭ ފެނުގެ ކޮލެޓީ ޓެސްޓުކުރަން،" އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.
މާލެއިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް 19އަށް ޕޮޒިޓިވްވުމާއެކު މާލެ ވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފައެވެ. އެއާއެކު ފެން ލިބުމުގައި ބައެއް ކަހަލަ ދަތިތައް އާންމުންނަށް ވަނީ ކުރިމަތިވެފައެވެ.