އިބްރާހިމް ޒަކީ
މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން، ފުޅިއަޅައިގެން ފީނުންފަދަ ކަންކަމުގައި ވިސްނުންތެރިކަމާއި ރައްކާތެރިކަމަށް ދޭ ސަމާލުކަން އިތުރު ކުރުމަށް ފިޝަަރީޒް މިނިސްޓަރު ޒަހާ ވަހީދު އިލްތިމާސް ކުރައްވައިފިއެވެ.
މިނިސްޓަރު މިކަމަށް އިލްތިމާސްކުރެއްވީ، ގދ. ތިނަދޫ "އަސްދާން" ނަމަކަށް ކިޔާ ދޯނިން ރޭ ފުޅި އަޅައިގެން އެންހިފަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް ކަނޑުއަޑީގައި މަރުވެފައި އޮއްވާ ފެނުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ، ގދ. ތިނަދޫ/ ފުއްޓަރު ސާޖިދު މުހައްމަދު ރަޝީދު މަސްވެރިކަމުގެ މަސައްކަތަށް ނުކުމެ އުޅެނިކޮށް ނިޔާވުމުން އޭނާގެ އާއިލާއަށް ކުރިމަތިވި ހިތްދަތި ވަގުތުގައި ބައިވެރިވެ ތައުޒިޔާ ކިޔާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، ހަތަރު މީހުންނާއެކު ސާޖިދު ފީނަން ފޭބީ 30 މިނެޓްގެ ޑައިވަކަށް ކަމަށާއި ހާދިސާ ހިނގިއިރު ދޯނީގައި 25 މީހުން ތިބި ކަމަށެވެ.