ޚަބަރު

ހއ. އަތޮޅުން ފެށިގެން އ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި

މުހައްމަދު އައުޒަމް

ހއ. އަތޮޅުން ފެށިގެން އ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރެފައިވާ އެލާޓުގައި އެ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 11:30 އިން ހަވީރު 15:30 އަށެވެ.

މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00އަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާކަމަށް މެޓުން ލަފާކުރެއެވެ.