ޚަބަރު

ރައީސްގެ ވައުދުތައް ފުއްދަވާނެ ގޮތެއް ޕީޕީއެމް އަކަށް ނޭނގޭނެ : ރޮޒައިނާ

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދުތައް ފުއްދަވާނެ ގޮތެއް އިދިިކޮޅު ޕީޕީއެމަކަށް ނޭނގޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ޓުއަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުތައް އެމަނިކުފާނުގެ ސަރުކާރުން ފުއްދަވާނެ ކަމަށެވެ.

ސަރުކާރު ބަދަލުވުމާއެކު މިހާރު ފެނިގެން ދަނީ ޕީޕީއެމްގެ މެމްބަރުން އާ ސަރުކާރުގެ ވައުުދުތަކާ މެދު ސުވާލުތައް އުފައްދައި ރައްޔިތުންނަށް ފައިދާވާ ބިލުތައް ކަމަށް ވިދާޅުވެ މަޖިލީހަށް ބިލްތަކެއް ހުށަހަޅަމުންދާ މަންޒަރު ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"އޭރުވެސް ހަމަ އެނގޭ އެ ބިލްތަކަކީ ރައްޔިތުންނަށް ލާބަ ލިބޭނެ ބިލްތަކެއް ކަން. އެކަމަކު އޭރު ދެއްކީ އެހެން ވާހަކަތަކެއް." ރޮޒައިނާ ވިދާޅުވިއެވެ.