މުހައްމަދު މަބްރޫކް އަޒީޒް

ހަގީގަތާ ހިލާފު މައުލޫމާތު ސޯޝިއަލް މީޑިއާގައި ފަތުރަނީ ރައްޔިތުންނަށް އެއްވެސް ހެވެއް ނޭދޭތީ: މަބްރޫކް

ހަގީގަތާ ހިލާފު މައުލޫމާތު ސޯޝިއަލް މީޑިއާގައި ފަތުރަނީ ރައްޔިތުންނަށް އެއްވެސް ހެވެއް ނޭދޭތީ ކަމަށް ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި، ބޭއްވި ނިއުސްކޮންފަރެންސްގައި ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ކަންތައްތަކާބެހޭގޮތުން ބައެއްނޫސްވެރިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މްބރޫކު ވިދާޅުވީ، ކޮވިޑާއި ގުޅިގެން ގައުމު މިހާލަތަށް ވެއްޓި، ބިރުވެރިކަން އިންތިހާއަށް އުފެދިފައިވާ މިހާލަތުގައި ވެސް ކަންކަން ގަސްދުގައި އޮޅުވާލަން މަސައްކަތް ކުރާ ބަޔަކު ސޯޝިއަލް މީޑިއާގައި އެކި ބާވަތުގެ ވާހަތައް ދައުރު ކުރުވާ ކަމަށެވެ.

އެއީ ކަމެއް އޮޅުން ފިލުވަން ނުވަތަ ނޭނގިގެން އެބަޔަކު ކުރާ ކަމެއް ނޫން ކަމަށާއި އެއީ ސީދާ ގަސްދުގައި ހިންގާ ކަމެއް ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކު ވިދާޅުވީ، އެއީ ރައްޔިތުންނަށް ހެވެއްއެދިގެން ބަޔަކު ކަންތައްކުރާގޮތް ނޫން ކަަމަށާއި، ރައްޔިތުންނަށް ހެވެއް އެދޭބަޔަކު ސޯޝަލް މީޑިއާގައި އެގޮތަށް މަސައްކަތް ނުކުރާނެ ކަމަށެވެ.

މަބްރޫކު އަދި ވިދާޅުވީ، ރޭގަނޑު ދަންވަރުވެސް އެބޭފުޅުން މައްކަތްކުރައްވަނީ ތެދު މައުލޫމާތު ރައްޔިތުންނަށް ގެނަސް ދިނުމަށް ކަމަށެވެ.

އަދި ސޯޝަލް މީޑިއާގައި ދައިރުވާ ހަބަރުތަކަށް ބަރޯސާ ނުވުމަށް ނޫސްވެރިންނަށާއި، އާއްމުގެ ކިބައިން މަބްރޫކު އެދިވަޑައިގެންނެވިއެވެ.

މަބްރޫކު ވިދާޅުވީ، ސޯޝަލް މީޑިއާގައި އެގޮތަށް ދައުރުވާ ވާހަކަތައް އެންޓެޓެއިން ކުރަން ބޭނުން ނުވާ ކަމަށާއި، އެފަދަ ސުވާލުތައް މަދު ކުރުމަށްވެސް

މަބްރޫކު ކޮވިޑް 19 ގެ ކޭސްއެއް ޕޮސިޓީވް ވާއިރަށް ރޭނަގަޑޫ ދަންވަރުވެސް މަސައްކަތް ކޮށްގެން އެ މައުލޫމާތު ހާމަކުރަނީ، ރައްޔިތުންނަށް ސާފު ތެދު މައުލޫމާތު ދެއްވުމަށް ކަަމަށެވެ. އެހެން ވިދާޅުވެ މަބްރޫކުވަނީ "އަޅުގަނޑުމެން މި ކަމާ ބެހޭ މައުލޫމާތެއް ސިއްރު ކުރީ ކޮން އިރަކުތޯ،" ސުވާލު ކުރައްވައިފައެވެ.

މްބްރޫކު ވިދާޅުވީ ސޯޝަލް މީޑިއާގައި އެގޮތަށް ފަތުރާ ދޮގު ހަބަރުތަކުގެ ސަބަބުން މުޖުތަމައުގައި ކަންބޮޑުވުން އުރެދި ހާސްކަމާއި ބިރުވެރިކަން އުފެދޭ ކަމަށެވެ.

އެހެންކަމުން ސޯޝަލް މީޑިއާގައި ހިންގާ ކަންތައްތަކަށް ބަރޯސާނުވެ، މީޑިއާތަކުގެ ހަބަރުތަކަށް ބަރޯސާވުމަށް މަބްރޫކު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މަބްރޫކުވަނީ ސޯޝަލް މީޑީއާގައި އެގޮތަށް ފަތުރާ ދޮގު މައުލޫމާތަކަށް މީޑިއާތަކުން ހަބަރު ނެހެދުމަށްވެސް އެދިވަޑައިގެންފައެވެ.