މުހައްމަދު އައުޒަމް
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ އެޑްވައިޒަރު މިސްޓަރ ކެންޓެރޯ ސެނައުރަ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެެއްވުމުގައި ދެގައުމުގެ ދެމެދު އޮތް ގާތް ގުޅުމާއި ބެހޭގޮތުންނާއި ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ގުޅޭގޮތުންނާއި ހާއްސަގޮތެއްގައި މިނިސްޓްރީ އޮފް ޑިފެންސަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.
މިބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޝާހިދު އަދި މިނިސްޓްރީ އޮފް ޑިފެންސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.