މުހައްމަދު މަބްރޫކް އަޒީޒް

ކޮވިޑް 19 : ކޭސް 21 އާއި ގުޅިގެން 61 މީހަކު ރޯޔަލް އައިލެންޑުގެ ކަރަންޓީނުގައި އެބަ ތިބި: މަބްރޫކް

އިބްރާހިމް ޒަކީ

ކޮވިޑް ޖެހިފައި ވަނިކޮށް މާލޭން ފެނުނު ފުރަތަމަ މީހާ (ކޭސް 21) އާއި ގުޅިގެން 61 މީހަކު ރޯޔަލް އައިލެންޑުގެ ކަރަންޓީނުގައި އެބަ ތިބި ކަމަށް ކޮވިޑު 19ގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި، ބޭއްވި ނިއުސްކޮންފަރެންސްގައި ކޮވިޑް 19 އަށް މާލެއިން ޕޮޒިޓިވްވި މީހުންނާ ބެހޭގޮތުން މައުލޫމާތުދެއްވަމުން މަބުރޫކް ވިދާޅުވީ، ކަރަންޓީން ފެސިލިޓީތަކުގައި 1053 މީހުން އެބަތިބި ކަމަށެވެ.

އޭގެ ތެރޭގައި ކޮވިޑް 19 އަށް މަލޭން ޕޮޒިޓިވްވި މީހުންނާ ޑއިރެކްޓް ކޮންޓެކްޓްވެފައިވާ މީހުން ހިމެނޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އެގޮތުން "ކޭސް 21" އާ ކޮންޓެކްޓްވި 61 މީހުން ރޯޔަލް އައިލެންޑް ކަރަންޓީން ފެސިލިޓީގައި އެބަތިބި ކަމަށާއި 11 މީހަކު އެނބޫދޫ ފެސިލިޓީގައި އެބަތިބި ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، މާލެއިން ތިންވަނައަށް ފެނުނުމީހާ (ކޭސް 23) އާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 28 މީހުންވެސް އެބަތިބި ކަމަށެވެ.

މިހާތަނަށް ކޮވިޑް 19 އަށް ޓެސްޓްކުރުމަށް 3588 ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 27 ސާމްޕަލް ޕޮޒިޓިވް ވެފަިއވާއިރު، 3267 ސާޕަލް ނެގެޓިވް ވެފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި 294 ސާމްޕަލްގެ ނަތީޖާ ނުލިބިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، ކޮވިޑް 19 ޖެހުނު 16 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ފަރުވާދެމުން އަންނަނީ ދިހަ ދިވެހިންނަށެވެ.