މުހައްމަދު މަބްރޫކް އަޒީޒް

ކޮވިޑް 19 : ކޭސް 21 އާއި ގުޅިގެން ރިސްކު އޮތް ކަމަށް ފާހަގަވި މީހުން މަސްދަތުރުކޮށް ޕާޓީ ބާއްވާފައިވޭ: މަބްރޫކް

1

މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި އަންހެން މީހާ (ކޭސް 21) އާއި ގުޅިގެން ރިސްކު އޮތް ކަމަށް ފާހަގަވި މީހުން މަސްދަތުރުކޮށް ޕާޓީ ބާއްވާފައިވާ ކަމަށް ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި، ބޭއްވި ނިއުސްކޮންފަރެންސްގައި ކޮވިޑް 19 އަށް މާލެއިން ޕޮޒިޓީވް މީހުންނާ ބެހޭގޮތުން މައުލޫމާތުދެއްވަމުން މަބުރޫކް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން، ކޮވިޑް 19 އަށް މާލޭން ފުރަތަމަ ޕޮޒިޓިވްވި މީހާއާ ފަސް ދުވަހުގެ ތެރޭގައި 200 އަށްވުރެ ގިނަމީހުން ކޮންޓެކްޓް ވެފައިވާކަން އެނގޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ އަދަދު މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ކުރު މުއްދަތެއްގައި އެހާ ގިނަ ބަޔަކާ އެމީހާ ކޮންޓެކްޓް ވެފައިވަނީ، ޕާޓީ ބޭއްވުމާއި، މަސްްދަތުރު ދިއުމާއި، ދަންނަ ގޭގެއަށް ޒިޔާރަތް ކުރުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ކޮށްފައިވާތީ ކަމަށެވެ.

އެމީހާއާ ކޮންޓެކްޓްވި މީހުންގެ ތެރޭގައި ހައިރިސްކު މީހުންނާއި މީޑިއަމްރިސްކުގެ މީހުން އެހާ ގިނައީ އެހެންވެގެން ކަަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

"މިކަމުގައި ފާހަގަކޮށްލެވޭ ބޮޑެތި މޫވްމެންޓްތައް އެބަހުރި، އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި. މިސާލަކަށް ޕާޓީ ބޭއްވުން، މަސްދަތުރު ދިއުން، ދަންނަ ގޭގެއަށް ޒިޔާރަތްރުން، އަދި ހަަމަ ބުރުޖެހުން ކަންކަން ފާހަގަކުރެވިފައި އެބަހުރި،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، ކޮވިޑް 19 ގެ މި ކޭސްތަކުގައި މޮނިޓާ ކުރާ ގޭގެއާއި ރަށްރަށުގެ މައުލޫމާތު ތަފްސީލުކޮށް ހާމަކުރަމުންދިއުމުގެ ބޭނުމަކީ އެ އެއްވުންތަކަށް ޒިޔާރަތްކޮށްފައި ތބި މީހުން އެމީހުންގެ މައުލޫމާތު އެޗްޕީއޭއަށް ދިނުން ކަމަށެވެ.

އެހެންކަމުން އެ ތަންްތަނަށްގޮސް އެ ކަންތައްތަކުގައި ބައިވެރިވެފައިވާ މީހެއްނަމަ ރޯގާގެ އަލާމާތް ނެތްނަަމެވެސް އެފަރާތަށް އެންގުމަށް އެދޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް 19 އަށް މާލޭން ތިން މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ އިއްޔެ އެ ބައްޔަށް ޕޮޒިޓިވްވި އަންހެނަކާއި އޭނާގެ ތުއްތު ދަރިފުޅުގެ އިތުރުން އެމީހާއާ ކޮންޓެކްޓް ވެފައިވާ އިތުރު މީހެކެވެ.

މި ދެމީހުންނާއި ކުޑަކުއްޖާއާއެކު ޖުމްލަ ފަސްމީހުންނަށް މިހާރު އަންނަނީ ރާއްޖޭގަައި ކޮވިޑް 19 ޖެހިގެން ފަރުވާދެމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟