ޚަބަރު

މިނިސްޓަރުންގެ ނައިބު ފެންވަރުގައި ފަސް ބޭފުޅަކު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓަރުންގެ ނައިބު ފެންވަރުގައި ފަސް މަގާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

މިނިސްޓަރުންގެ ނައިބު ފެންވަރުގައި އައްޔަން ކުރައްވާފައިވަނީ މިނިސްޓަރ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގެ ނައިބުގެ މަގާމަށް ހަމަޖެއްސެވި ގަލޮޅު ބަހާރީގެ، ޒުހުރުﷲ ސިޔާދާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ނައިބުގެ މަގާމަށް ހަމަޖެއްސެވި ގަލޮޅު މަތިހުރާ، މުހައްމަދު އާޒިމާއި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުގެ ނައިބުގެ މަގާމަށް މާފަންނު ޔުނިކޯން، މުޙައްމަދު އަޒުމީލާއި، މިނިސްޓަރ އޮފް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ނައިބުގެ މަގާމަށް ހަމަޖެއްސެވި ޏ. ފުވައްމުލަކު ދިގުވާނޑު ސަވާ، ޚާލިޞް ޝަރީފެވެ.

އޭގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސެވި ހެންވޭރު ސުނާރު ހަދީޖާ ނަސީމް ވެސް އެ މަގާމަށް ހަމަޖައްސަވާފައިވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ.