ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީ އަށް ފޮނުވާ ކެއާ ޕެކޭޖުތައް ބަލައިގަތުން މެދު ކަނޑާލައިފި އެވެ.
ފޮރިން މިނިސްޓްރީނ މިއަދު ބުނީ ޔޫއެއީ އަށް ފޮނުވާ ކެއާ ޕެކޭޖުތައް ބަލައިގަތުން މެދުކަނޑާލީ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ ކަމަށެވެ. އަދި މި ކެއާ ޕެކޭޖުތައް ބަލައިގަންނާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ޔޫއޭއީގައި އުޅޭ ދިވެހިންނަށް އެހީގެ ތަކެތި ފޮނުވުމުގެ ގޮތުން ސަރުކާރުން ކެއާ ޕެކޭޖު ފޮނުވުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންގާރަ ދުވަހުއެވެ. އަދި މި ތަކެތި ބަލައިގަތުމަށް ހަމަޖައްސާފައިވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެންނެވެ.
މާލެ ސަރަހައްދު 24 ގަޑިއިރުގެ ލޮކްޑައުންއަކަށް ގެނެސްފައިވަނީ ޓްރެވަލް ހިސްޓްރީއެއް ނެތް މީހަކު މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.