ވެބްސައިޓް އަދި އެސްއެމްއެސް މެދުވެރިކޮށް ގޭހަށް އޯޑަރު ކުރުމުގެ ހިދުމަތް ހޯދުމަށް މޯލްޑިވް ގޭސް އިން އެދެފި އެވެ.
އެކުންފުނިން މިއަދު ބުނީ އެކުންފުނީގެ ހޮޓްލައިން މިހާރު މަސައްކަތް ނުކުރާނެކަމަށެވެ. އެހެންކަމުން ހިދުމަތް ހޯދާ ކަސްޓަމަރުން އެކުންފުނީގެ ވެބްސައިޓު https://maldivegas.com/order މެދުވެރި ކޮށް އަދި އެސްއެމްއެސް (ސީއޯޑީ ހުސްތަންކޮޅެއް ދިނުމަށްފަހު އައިޑީކާޑު ނަންބަރު ޖެހުމަށްފަހު) 7201616 ނަންބަރަށް މެސެޖު ކުރުމަށް އެދޭކަމަށެވެ.
މޯލްޑިވް ގޭސް އިން ބުނީ މިއަދު ހެނދުނު 09:00 އިން ފެށިގެން މިރޭގެ 20:30 އާހަމައަށް އެކުންފުނިން ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ.
ކޮވިޑް 19 އާއި ގުޅިގެން މާލެ ސަރަހައްދަށް އިއްޔެ މެންދުރުފަހު 15:30 އިން ފެށިގެން ލޮކްޑައުން އިއުލާނު ކުރުމާއިގުޅިގެން ރޭގެ 08:00 އިން 09:30 އަށް އެކުންފުނިން ވަނީ ޑެލިވަރީގެ ހިދުމަތްދީފައެވެ.