ޚަބަރު

މާލޭގައި މަގުމަތިވެފައިވާ މީހުންނަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދީފި

އަލީ ޔާމިން

މާލެގައި މަގުމަތުވެފައިވާ މީހުންނަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދީފިއެވެ.

ފުލުހުން ރޭ ކުރި ޓުވީޓެއްގައި ބުނީ މާލޭގައި މަގުމަތިވެފައިވާ މީހުންނަށް މާފަންނު ޕޮލިސް ސްޓޭޝަންގެ އޮފިސަރުން ވަނީ ސަރުކާރުން ހަމަޖައްސައިދީފައިވާ ކާބޯތަކެތި ފޯރުކޮށްދީފައި ކަމަށެވެ.

ފުލުހުން ބުނީ، މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ސަރުކާރުން އެ މީހުންނަށް ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މާލެއިން މިދިޔަ 24 ގަޑިއިރު ތެރޭ ތިން ދިވެއްސަކު ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ. އެއާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ރެޑް އެލާޑް އިއުލާންކޮށް، 24 ގަޑިއިރަށް މާލެ ލޮކްޑައުންކޮށްފައެވެ.