ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ސްޓޭޓް މިނިސްޓަރުންގެ މަގާމަށް ތިން ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން ބޭފުޅުންނަށް ވަނީ މަގާމުގެ ފަތްކޮޅު އަރުއްވާފައެވެ.
އެމަނިިކުފާނު މިއަދު ސްޓޭޓް މިނިސްޓަރުންނަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނަކީ:
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން : ފުވައްމުލަކު މާދަޑު، ވެށި، ޑރ. އަބްދުﷲ ރަޝީދ ހަސަން
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން : ހއ. ދިއްދޫ، ނައިލޯނުގެ، މުހައްމަދު ހާޝިމް
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް : އައްޑޫ ހިތަދޫ، ރަށްދެބައިގެ، ޑރ. އަބްދުﷲ ނަސީރު