ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ މެމްބަރުންނަށް މަގާމުގެ ލިޔުން ހަވާލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުފައްދަވާފައިވަނީ މިއަހަރުގެ ނޮވެމްބަރު 17 ގައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 14/2018 އިންނެވެ. އަދި އިއްޔެ ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 16/2018 އިން، މި ކޮމިޝަނަށް އަލުން ބޭފުޅުން ކަނޑައަޅުއްވައި އައްޔަން ކުރެއްވިއެވެ.
ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ބޭފުޅުންނަކީ :
1. އަހްމަދު އަސްއަދު، މާތޮޑާއަވަށް. ގުލްފާމުގެ، ގދ. ފަރެސްމާތޮޑާ (ރައީސް)
2. ޢާޞް އަބްދުﷲ، ދަޑިމަގު. ގާޑެންގްރޯވ، ޏ. ފުވައްމުލައް
3. ނަަދީމް އިބްރާހީމް، ދަފްތަރު ނަންބަރު ރސ 7006
4. އާމިނަތު ހަސަން، މ. މިރުސްގަސްދޮށުގެ
5. ފާތިމަތު ސަރީރާ އަލީ ޝަރީފު، ދަފްތަރު ނަންބަރު ދރ 1320
އެ ކޮމިޝަންގެ މަގްސަދަކީ ޖެނުއަރީ 2012 އިން ފެށިގެން މިއަހަރުގެ ނޮވެމްބަރު 17ގެ ނިޔަލަށް ހިނގާފައިވާ ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމެވެ.