ޚަބަރު

މުއްދަތެއް ނެތް ގޮތަށް ސިވިލް ކޯޓު ބަންދުކޮށްފި

އަލީ ޔާމިން

މުއްދަތެއް ނެތް ގޮތަށް ސިވިލް ކޯޓު ބަންދުކޮށްފިއެވެ.

ސިވިލް ކޯޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ މީހަކު މިއަދު މާލެއިން ފެނިފައިވާތީ އެހެން ގޮތަކަށް ކަނޑައަޅަންދެން މިއަދު 11:45 އިން ފެށިގެން އެ ކޯޓު ބަންދުކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ކޯޓުގައި ތާވަލުކޮށްފައިވާ މައްސަލަތައް ކެންސަލްކޮށްފައިވާ ކަމަށް ވެސް ސިވިލް ކޯޓުން ބުނެއެވެ.

ކޮވިޑް 19އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ 24 ގަޑިއިރަށް މާލެ ލޮކްޑައުންކޮށްފައެވެ. އަދި ލޮކްޑައުންގެ ހާލަތުގައި މީހުން ނުކުމެ އުޅުމާއި، އުޅަނދުފަހަރުތައް ފުރުން ވަނީ މަނާކޮށްފައެވެ.

އެޗްޕީއޭއިން ވަނީ މިއަދު މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހާއާ ބައްދަލުވި 11 މީހެއްގެ ސާމްޕަލް ނަގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށައިފައެވެ.