ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހަށް ކީރިތިކުރެއްވިއްޖެ، ރައްޔިތުންނަށް އާދޭސް ދެންނެވީ ސިއްހީ ހިދުމަތްތެރީންގެ ނަސޭހަތް އަޑުއެހުމަށް!

ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅު ކުރިޔަށް ގެންދެވިއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ކީރިތިކުރެއްވިއްޖެ އެވެ.

މާލޭން ކޮވިޑް ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާ ރައީސް ދެއްވީ ކުރު ހިތާބެކެވެ. އެ ހިތާބުގައި ރައީސް ވަނީ ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުންކަން ފާހަގަކުރައްވާ ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ހިތާބުގައި އިތުރަށް ވަނީ އެކަކު އަނެކަކާމެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މުއާމަލާތްކުރުމަށާއި ކެތްތެރިކަން އިސްކުރައްވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށް ގޮވާލައްވައިފައެވެ.

"މިހާތަނަށް އެއްވެސް ބޭހެއް އަދި ވެކްސިނެއް ހޯދިފައި ނެތް މިބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ބޭރުތެރެއަށް ނުނިކުންނަވާ ގޭގައި މަޑުކުރެއްވުން. އަދި ސިއްހީ ހިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ގިނަގިނައިން އަތްދޮވެ ސާފުތާހިރުކަމުގެ މިންގަނޑުތަކާއެކު އަމަލުކުރެއްވުމަށް” އަސަރާއެކު ރައީސް އިލްތިމާސް ކުރެއްވިއެވެ.

އަދި ބަލިން ރައްކާތެރިކުވުމަށް އެއްވެސް ވަރުބަލިކަމެއް ނެތި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރީ ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ސިއްހީ ހިދުމަތްތެރިންނަށާއި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް އެމަނިކުފާނުގެ ހިތާބުގައި ޝުކުރު ދެންނެވިއެވެ.