ޚަބަރު

ގޭގައި ތިއްބަވާ! މިފްކޯއިން މާލެއާއި ހުޅުމާލެއަށް ޑެލިވަރީކޮށްދޭނެ!

އައިދާ އަބްދުލް ހަކީމް

ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން ވިއްކާ ތަކެތި މާލެއާއި ހުޅުމާލެއަށް ޑެލިވާކޮށްދޭން ފަށައިފިއެވެ.

މިފްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން މިފްކޯގެ އުފެއްދުންތައް ގަތުމަށް 3351002 ނަންބަރު ފޯނަށް ގުޅުން އެދޭ ކަމަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ގޭދޮށު ފިހާރަތައް ހިންގާ އަދި ހޯލްސޭލް ކުރާ ފަރާތްތަކުން މިފްކޯގެ ތަކެތި ގަތުމަށް ގުޅާނީ 3335533 ނަންބަރު ފޯނަށް ކަމަށެވެ.

މިފްކޯގެ ދެ އައުޓްލެޓެއް މާލޭގައި ހުންނައިރު ހުޅުމާލޭގައިވެސް އެކުންފުނީގެ އައުޓްލެޓެއް ހުރެއެވެ.

ކޮވިޑް 19 އަށް މާލެއިން މިއަދު މީހަކު ޕޮޒިޓިވްވުމާއެކު ބަލީގެ ނުރައްކާތެރިކަން ވަނީ ބޮޑުވެފައެވެ. އަދި ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ނުނިކުތުމަށް ހެލްތު ޕްރޮޓެކްސަން އެޖެންސީ(އެޗްޕީއޭ)އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ސިއްހީ މާހިރުން އަންނަނީ އިޖުތިމާއީ ގައިދުރުކުރުމަށާއި ތޮއްޖެހިފައިވާ ތަންތަނަށް ނުދިޔުމަށް ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ.