ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް އައްޔަން ކުރެއްވި ހުރިހާ ވަޒީރުންނަށްވެސް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފި އެވެ.
ރައީސް އައްޔަން ކުރައްވާފައިވާ ހުރިހާ ވަޒީރުންނަށްވެސް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފައި ވަނީ އިއްޔެ އެވެ.
ވަޒީރުންނަށް އައްޔަން ކުރެއްވި 19 ބޭފުޅުންނާއި ބަންޑާރަ ނައިބުގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 26ގައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތަކާއި އެ ބޭފުޅުންނަށް ރުހުން ދިން ގޮތުގެ މައުލޫމާތި ތިރީގައި އެވަނީއެވެ.
1. އަބްދުﷲ ޝާހިދު - މިނިސްޓަރ އޮފް ފޮރިން އެފެއާޒް : ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުން
2. މާރިޔާ އަހުމަދު ދީދީ - މިނިސްޓަރ އޮފް ޑިފެންސް : ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުން
3. އިމްރާން އަބްދުﷲ - މިނިސްޓަރ އޮފް ހޯމް އެފެއަޒް : ވޯޓުގައި ބައިވެރިވި 68 މެމްބަރުންގެ އިއްތިފާގުން
4. އިބްރާހީމް އަމީރު - މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ : ވޯޓުގައި ބައިވެރިިވި 70 މެމްބަރުންގެ އިއްތިފާގުން
5. ޑރ. އިބްރާހީމް ހަސަން - މިނިސްޓަރ އޮފް ހަޔަ އެޑިޔުކޭޝަން : ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުން
6. މުހައްމަދު އަސްލަމް - މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ : ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުން
7. މުހައްމަދު މަލީހު ޖަމާލު - މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ : ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުން
8. އަބްދުﷲ އަމީން - މިނިސްޓަރ އޮފް ހެލްތް : ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުން
9. ޑރ. އާއިޝަތު އަލީ - މިނިސްޓަރ އޮފް އެޑިޔުކޭޝަން : ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުން
10. އިބްރާހީމް ރިފްއަތު - އެޓާނީ ޖެނެރަލް : ވޯޓުގައި ބައިވެރިވި 72 މެމްބަރުންގެ އިއްތިފާގުން
11. އަލީ ވަހީދު - މިނިސްޓަރ އޮފް ޓޫރިޒަމް : ވޯޓުގައި ބައިވެރިވި 69 މެމްބަރުންގެ އިއްތިފާގުން
12. ފައްޔާޒް އިސްމާއީލް - މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް : ވޯޓުގައި ބައިވެރިވި 71 މެމްބަރުންގެ އިއްތިފާގުން
13. ޒަހާ ވަހީދު - މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ : ވޯޓުގައި ބައިވެރިވި 72 މެމްބަރުންގެ އިއްތިފާގުން
14. ޑރ. އަހުމަދު ޒާހިރު - މިނިސްޓަރ އޮފް އިސްލާމިކް އެފެއަޒް : ވޯޓުގައި ބައިވެރިވި 72 މެމްބަރުންގެ އަޣުލަބިއްޔަތުން. އެއް ބޭފުޅަކު ވަނީ ދެކޮޅަށް ވޯޓުދެއްވާފައި
15. އައިމިނަތު އާތިފާ - މިނިސްޓަރ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް : ވޯޓުގައި ބައިވެރިވި 72 މެމްބަރުންގެ އިއްތިފާގުން
16. އަހުމަދު މަޚުލޫފް - މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓް : ވޯޓުގައި ބައިވެރިވި 72 މެމްބަރުންގެ އިއްތިފާގުން
17. ޝިދާތާ ޝަރީފު - މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސެސް : ވޯޓުގައި ބައިވެރިވި 69 މެމްބަރުންގެ އަޣުލަބިއްޔަތުން. އެއް ބޭފުޅަކު ވަނީ ދެކޮޅަށް ވޯޓު ދެއްވާފައި
18. އާއިޝަތު ނަހުލާ - މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން : ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުން
19. ޑރ. ހުސެއިން ރަޝީދު - މިނިސްޓަރ އޮފް އެންވަޔަރަންމެންޓް : ވޯޓުގައި ބައިވެރިވި 72 މެމްބަރުންގެ އިއްތިފާގުން
20. ޔުމްނާ މައުމޫން - މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް : ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުން