ދިވެހިރާއްޖެއިން އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް ކުރިމަތިލާން ނިންމައިފިއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ފޮރިިން މިނިސްޓްރީގެ ކޮމިޔުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ރޭ ވިދާޅުވީ އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ކުރިމަތިލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ދަށުން ބައިނަލްއަގްވާމީ ދުނިޔެއާއި ގުޅި، ރާއްޖެއަކީ ބަސް ވިކޭ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
ރާއްޖެއިން މިކަމަށް ޝައުގުވެރިކަން ފާޅުކޮށް، އެކުވެރި ގައުމުތަކުގެ ތާއީދު ހޯދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ނެރޭނެ ކެންޑިޑޭޓަކީ އެކުވެރި ގައުމުތަކުން ބަލައިގަންނަ ކެންޑިޑޭޓަކަށް ވާނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށްވެސް ވާދަކޮށްފައެވެ.