އަލީ ޔާމިން
ށ. ފީވަކުގެ ކޮވިޑް 19 ޓާސްކް ފޯހުގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށް އެތަނުގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގައިފިއެވެ.
ފުލުހުން ބުނީ ފީވަކުގައި ހަރަކާތްތެރިވާ ކޮވިޑް 19ގެ ޓާސްކްފޯހުން އެރަށު ސްކޫލްގައި ރޭ ބޭއްވި ބައްދަލުވުން ކުރިއަށްދަނިކޮށް އެތަނުގެ ތެރެއަށް ބަޔަކު ވަދެ މާރާމާރީ ހިންގަމުންދާކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ދިޔުމުން ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ 25 އަހަރާއި 28 އަހަރުގެ ދިވެހި ދެ ފިރިހެނަކު ރޭ ހައްޔަރުކޮށްފައެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ވަނީ 25 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް އަދި އަނެއް މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.