ދިވެހި ބަހަކީ ދިވެހި ގައުމިއްޔަތުގެ ހިތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހައި ރައްޔިތުންނަށް ފޮނުއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.
މި ޓުވީޓުގައި ރައީސް ސޯލިހު ވިދާޅުވީ ދިވެހި ބަހަކީ ދިވެހީންގެ އަމިއްލަ ވަންތަ ކަމުގެ ރަމްޒު ކަމަށެވެ. އަދި ދިވެހި ބަހަކީ ދިވެހި
ގައުމިއްޔަތުގެ ހިތް ކަމަށާއި، ދިވެހި ބަހަކީ ހުރިހާ ދިވެހިން ގުޅުވާލަދޭ ފާލަން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ދިވެހި ބަސް ރައްކާތެރިކޮށް، މުއްސަނދިކުރުމާއި، ބަހުގެ މައްޗަށް އެންމެހާ ރައްޔިތުންގެ ސަމާލުކަން އިތުރުކޮށް، ބަހާއި މެދު ދިވެހިން ހޭލުންތެރި ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އޭޕްރީލް 14 ފާހަގަ ކުރަމުން އަންނަނީ ދިވެހި ބަހުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިއާރަކީ "ފޮތް ކިޔުމާއި މުއާމަލާތުކުރުން، އިސްކަން ދިވެހި ބަހަށް" އެވެ.