ދިވެހި ބަހުގެ އެކަޑެމީ

މުއާމަލާތް ކުރުމުގައި އިސްކަންދޭ ބަހަކީ ދިވެހިބަސް ކަމަށް ހެދުމަށް އަޑުއުފުލާ ބަޔަކަށް ދިވެހީން ވާންޖެހޭ: އެކެޑެމީ

އައިދާ އަބްދުލް ހަކީމް

މުއާމަލާތް ކުރުމުގައި އިސްކަންދޭ ބަހަކީ ދިވެހިބަސްކަމަށް ހެދުމަށް އަޑު އުފުލާ ބަޔަކަށް ދިވެހީން ވާން ޖެހޭ ކަމަށް ދިވެހި ބަހުގެ އެކެޑެމީން ބުނެފި އެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ބަހުގެ އެކަޑަމީން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޔާރަކީ "ފޮތް ކިޔުމާއި މުއާމަލާތުކުރުން، އިސްކަން ދިވެހި ބަހަށް" އެވެ. އަދި މިޝިއާރު ބާރު އަޅަނީ ދިވެހި ބަހުން ލިޔެފައިވާ ފޮތްތައް ކިޔުމާއި ދިވެހި ބަހުން މުއާމަލާތު ކުރުމަށް ކަމަށެވެ.

އެހެން ކަމުން މިއަހަރުގެ ޝިޔާރުން ހާމަވާ ފަދައިން ގިނައިން ދިވެހިބަހުން ހުންނަ ފޮތް ކިޔަން އިސްކަން ދިނުމަށާއި އެކި ކަންކަމާއި މެދު މުއާމަލާތް ކުރުމުގައި އިސްކަންދޭ ބަހަކީ ދިވެހިންގެ ފަހުރާއި ޝަރަފު ކަމުގައިވާ ދިވެހިބަސްކަމަށް ހެދުމަށް އަޑު އުފުލާ ބަޔަކަށް ދިވެހީން ވާން ޖެހޭ ކަމަށް އެކެޑެމީންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނުގައި އިތުރަށް ބުނީ މި އަހަރުގެ ދިވެހިބަހުގެ ދުވަސް މި ދިމާވީ މުޅި ދުނިޔެއަށް އާލަމީ ވަބާއެއް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން އެ ވަބާއިން ސަލާމަތްވެ ތިބުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތައް ވަނީ ފުރަބަންދު ކޮށްފައި ކަމަށެވެ.

މި ބައްޔާއި ގުޅިގެން ދުނިޔޭގެ ސައްހަތު ޖަމިއްޔާއިން އެކަކު އަނެކަކާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި އަދި އުޅޭ އުޅުމުގައި ޖިސްމާނީ ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސް ކޮށްފައިވާ ކަމަށާއި އެހެންކަމުން މިގޮތަށް އެކަހެރިކޮށް ތިބޭ ތިބުމުގައި ފޫހިފިލުވާލަން ކިޔާ ފޮތަކީ ވެސް ދިވެހި ފޮތް ކަމުގައި ހެދުމަށް އިސްކަން ދިނުމަށް ވަނީ އެކެޑެމީން ވަނީ އިލްތިމާސްކޮށްފައެވެ.

ވަކީން ހާއްސަކޮށް މައިންބަފައިން ދިވެހި ބަހުން ދަރިންނާއި މުހާތަބު ކުރުމަށް އެ އެކަޑަމީން ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ ސަބަބުން ދިވެހި ބަހުން ވާހަކަ ދެއްކުމުގެ ހުނަރު ވަރުގަދަ ކޮށްދޭނެ ކަމަށާއި މައިންބަފައިން ދަރިންނާއި ދިވެހި ބަހުން ވާހަކަ ދެއްކުމަށް އުފަލަކަށް ހެދުމަށް ވެސް ދިވެހި ބަހުގެ އެކެޑެމީން ވަނީ އިލްތިމާސްކޮށްފައެވެ.