ޚަބަރު

އެމްޕީއެލްގެ އެމްޑީއަކަށް ޝާހިދު، ސްޓެލްކޯގެ އެމްޑީކަން މުޣުނީއަށް

އެމްޕީއެލްގެ މެނޭޖިންގް ޑައިރެކްޓަރު ކަމަށް ޝާހިދު އަލީ އަދި ސްޓެލްކޯގެ މެނޭޖިންގް ޑައިރެކްޓަރު ކަމަށް ހަސަން މުޣުނީ އައްޔަން ކުރައްވައިފި އެވެ.

އެ ދެބޭފުޅުން މަގާމަށް އައްޔަން ކުރައްވައިފައި ވަނީ މިއަދު ކަމަށް ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ޝާހިދު ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިންގް ޑައިރެކްޓަރުކަން ކުރައްވައިފަ އެވެ. އަދި މުޣުނީ ވަނީ ކުރީން ވެސް ސްޓެލްކޯގެ މެނޭޖިންގް ޑައިރެކްޓަރުކަން ކުރައްވައިފަ އެވެ. އޭނާ ސްޓެލްކޯގެ އެމްޑީކަން ކުރެއްވީ ރައީސް ޔާމީންގެ ސަރުކާރުގެ ކުރީކޮޅު އެވެ.