މިއަދަށް އެޖެންޑާކޮށްފައިވާ ހުރިހާ މަސައްކަތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ފާސްކޮށްފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަސައްކަތްތައް ނިމެންދެން ޖަލްސާ ކުރިއަށް ގެންދިޔުމަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގެ ވޯޓުގައި ބައިވެރިވި 31 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މިއަދުގެ ޖަލްސާގައި ދެ ކަމަކަށް ވޯޓަށް އެހުމަށް ވަނީ އެޖެންޑާކޮށްފައެވެ. ފުރަތަމަ ކަމަކީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ހުށަހަޅުއްވާފައިވާ ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާ ދެ ކޮމިޝަނުގެ ބިލު ބަލައިގަތުމަށް ވޯޓަށް އެހުމެވެ.
ދެވަނައަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވަނީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހަޅުއްވާފައިވާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނޫއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަތުމުގެ ވޯޓެވެ.