ޚަބަރު

މިފްކޯގެ މަސްފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލުގެނެސްފި

އައިދާ އަބްދުލް ހަކީމް

މާލެ ސިޓީއަށް އިއުލާނުކުރި ކާފިއު އުވާލުމާއި ގުޅިގެން މާލެ އާއި ހުޅުމާލެގައި ހުންނަ މިފްކޯގެ މަސްފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.

މިފްކޯއިން ބުނީ މާލެ އާއި ހުޅުމާލެގައި ހުންނަ މިފްކޯގެ މަސްފިހާރަތައް މިހާރު ހުޅުވާފައި ހުންނާނީ ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް އަދި ހަވީރު 16:00 އިން 18:00 އަށް ކަމަށެވެ. ރޭގަނޑު ހުޅުވާފައި ހުންނާނީ 20:00 އިން 22:30 އަށެވެ.

އޭގެ އިތުރުން ފިހާރަތަކުން ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް، ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކުގައި ދެމުންގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ބުނީ، ކޮވިޑް 19އާ ގުޅިގެން، ރައްޔިތުންނަށް ދަތި ނުވެ، މަހުގެ އުފެއްދުންތައް އެކުންފުނިން ލިބެން ހުންނާނެ ކަމަށެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު ފަހަކުން އަށަކަށް ހިންގި އެއް ހަފުތާގެ ކާފިއު އުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ދަމަހައްޓައިފައެވެ.