ޚަބަރު

ކަސްޓަމްސް ހިންގުން އަބްދުﷲ ޝަރީފާ ހަވާލުކޮށްފި

މަރިޔަމް ޝަހުދާ

މޯލްޑިވްސް ކަސްޓަމްސް ސާވިސް ހިންގުން އަބްދުﷲ ޝަރީފާ ހަވާލުކޮށްފި އެވެ.

ކަސްޓަމްސް ހިންގުން ވަގުތީ ގޮތުން ހަވާލުކުރި އަބްދުﷲ ޝަރީފު ހުންނެވީ އެ ތަނުގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމުގަ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހުމަދު ނޫމާން ވަނީ މިދިޔަ ހަފުތާއި އަވަހާރަ ވެފަ އެވެ. ނުއުމާން އަވަހާރަވީ ކިޑްނީ ޓްރާންސްޕުލާންޓް އޮޕަރޭޝަނަކަށް އިންޑިއާއަށް ވަޑައިގެން އުޅުއްވަނިކޮށް މިދިޔަ އަންގާރަ ދުވަހުއެވެ.